ދިރާގުން އޭލިއަންވެއާ ގޭމިން ބަންޑަލްގެ ނަސީބުވެރިޔާ ހޮވައިފި
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އާއި މެގަޗިޕްއާ ގުޅިގެން ދޭ އޭލިއަންވެއާ ގޭމިން ބަންޑްލްގެ ނަސީބުވެރިޔާ ހޮވައިފިއެވެ. އެ ގިވްއަވޭގެ ނަސީވުވެރިޔަކަށް ހޮވުނީ، ހަސަން އާލިފް އަބްދުލް ގަނީއެވެ. ދިރާގުން ބުނީ، ގޭމް ކުޅުންތެރިންނަށް ޚާއްސަ އަގުހުރި އޭލިއަންވެއާ ބަންޑްލްގެ ތެރޭގައި އޭލިއަންވެއާ 34 އިންޗީގެ ގޭމިން މޮނިޓަރަކާއި އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓަކާއި އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިންގެ ކީބޯޑެއްގެ އިތުރުން އޭޑަބްލިއު ވަޔާލެސް ގޭމިން މައުސްއެއް ހިމެނޭ ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ޑީޖީޖީއިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ޚާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، އަގުހުރި އިނާމުތަކާއެކު، ވާދަވެރި މުބާރާތްތައް ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް ދައްކާލަން ޑީޖީޖީއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ