މި ޝަރަފު އެރުވި ހަތަރު ބޭފުޅުންނަކީ ޑޮކްޓަރ މުޙައްމަދު ލަޠީފް، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާ (އުއްޗު) އަދި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ 43 އަހަރަށްވުރެ ގިނަ ދުވަހު ދީނީ ޢިލްމު ފެތުރުއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އިބްރާހީމް ރަޝީދު މޫސާ ވަނީ 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި، ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ޙުސައިން ޢަފީފަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ އިސް އެއް ބާނީއެވެ. އެމަނިކުފާނު ވަނީ ދުނިޔޭގެ ފުރަތަމަ ސޯލަރ ރިޒޯޓު ތަރައްޤީކުރައްވައި، ޓްރީ ޓޮޕް ހޮސްޕިޓަލް ފަދަ މުހިންމު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކޮށްދެއްވާފައެވެ. ހަމައެފަދައިން، މުޙައްމަދު މޫސާ (އުއްޗު) އަކީ ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި، މީޑިއާ އަދި މާލީ ދާއިރާ ކުރިއެރުވުމުގައި ނުހަނު ބޮޑު ޙިއްޞާއެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ އައްޑޫ އާއި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރުމުގައާއި އިޖުތިމާޢީ އެކި ކަންކަމުގައި ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ހަތަރު ބޭފުޅަކަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ