މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަންޖެހުމާ އެކު، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް ވެމްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިލަފުށި ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހި އަދި ދުވަހުން ދުވަހަށް ދޭ ހިދުމަތްތަކަށް ހުރަސް އެޅި މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށެވެ.
އެ ހާދިސާގެ ސަބަބުން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކަށް ބުރޫއަރާފައިވާކަން ފާހަގަކޮށް، ވެމްކޯ އިން ބުނީ އެ ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަންޖެހިފައިވާ ކަމަށެވެ.
"މި ހާދިސާއާ ގުޅިގެން ތިލަފުށިން ދެމުންދާ އެކި ހިދުމަތްތައް ހާއްސަކޮށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ވަނީ މިކަމުގެ އަސަރު ކޮށްފަ އެވެ. މި ސްޓޭޝަންތަކުން ކުނި ބަލައިގަންނަ މިންވަރު ވަނީ މަދުކުރުމަށް މަޖުބޫރުވެފަ އެވެ،" ވެމްކޯގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ތިލަފުށި ސައިޓު އޮޕަރޭޝަން ކުރީގެ ހާލަތަށް އިޔާދަކުރުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ. އަދި ކޯޕަރޭޝަނުން ހިދުމަތް ފޯރުކޮށްދެމުންދާ ހުރިހާ ސައިޓުތަކެއްގެ މަސައްކަތްތައް ބެލުމަށް ފަހު، ދިމާވި ހާދިސާއާ ގުޅިގެން އާންމުންނަށް އެކަމުން ކުރާނެ އަސަރު ވީހާވެސް ކުޑަކޮށް، އަވަސް މުއްދަތެއްގައި އޮޕަރޭޝަން ކުރީގެ ހާލަތަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
"ދިމާވި ހާދިސާ އިން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި މުއްދަތުގައި ގްރޭޓާ މާލޭ އޭރިއާ އިން ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ކޯޕަރޭޝަނުގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ. އަދި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." އެ ނޫސް ބަޔާނުގައިވެ އެވެެ.
އާދިއްތަ ދުވަހުގެ ރޭގަނޑު 10:20 ހާއިރު ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވުނީ އަނެއް ދުވަހުގެ ހެނދުނު 8 ޖަހަނިކޮށެވެ.
އެމްއެންޑީއެފުން އޭރު މައުލޫމާތު ދިން ގޮތުގައި އެ އަލިފާނުގެ ހާދިސާ ރިޕޯޓުކުރުމާ އެކު ތިލަފުށީ ފަޔާ ސްޓޭޝަނުންނާއި މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފަ އެވެ.
The most trusted news source in the Maldives
އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަަރަށް ކޮންޓްރޯލް ކުރެވުނީ ހޯމަ ދުވަހުގެ ހެނދުނު 8:00 ހާއިރު އެވެ. އެކަމަކު އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާ ފައިޓަރުން ދިޔައީ އޭގެ ފަހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުނި ބަލައިގަތުމަށް މަޑުޖެހުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ