ހދ. މަކުނުދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކައި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކުރިއަށް ގެންދަނިކޮށް ގެތައް ގުޑާކަމުގެ ޝަކުވާ ލިބިގެން މަސައްކަތް މަޑުޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އެކަހެރިކޮށް އޮންނަ މަކުނުދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓް މަހު އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. އެމްޓީސީސީން މިހާރު ވަނީ ބިން ހިއްކާ ނިންމައި، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ފަށައިފަ އެވެ.
އެކަމަކު، ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް މި ވަގުތަށް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި ޝޯ ޕްރޮޓެކްޝަން މަސައްކަތް ކުރާ ވަގުތު ރަށުތެރެއަށް އަރާ ގުޑުމުގެ ސަބަބުން ގެތަކަށް ގެއްލުން ލިބޭނެ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތް މަޑުޖައްސާލައި، އެސެސްމެންޓެއް ހެދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން މިހާރު ވަނީ އެއާޕޯޓްގެ އިންފްރާންސްޓްރަކްޗާގެ މަސައްކަތް ވެސް ފަށާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ވެސް ވީހާ ވެސް އަވަހަކަށް ނިންމަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
The most trusted news source in the Maldives
މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާފައިވަނީ ކުރީ ސަރުކާރުގަ އެވެ. އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން މަސައްކަތް އޭރު ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝްއާ އެވެ.
މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން އޭރު ހިއްކީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދޭތެރޭގަ އެވެ. އޭރު ހިއްކީ ކިތައް ހެކްޓަރު ކަމެއް އަދި އޭގެ ފަހުން އެ މަސައްކަތް ގޮސްފައިވާ ގޮތުގެ ތަފްސީލެއް ފަހުން ނުދެ އެވެ.
އެމްޓީސީސީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން 1،800 މީޓަރުގެ ދިގު ރަންވޭއެއް އެޅޭ މިންވަރަށް ބިން ހިއްކުމުގެ އިތުރުން އިޖުތިމާއީ ބޭނުންތަކަށް އިތުރު 22 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި އެއާޕޯޓް އެޅުމަށް ފަހު އެތަން ހިންގުން ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާ އެވެ.
ގެތައް ގުޑާކަމުގެ ޝަކުވާއާ އެކު މަކުނުދޫ އެއާޕޯޓް ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތް މަޑުޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ