ޒަމާނީ އިންޖީނުގެ އަކާއެކު ފަރެސްމާތޮޑާ ރައްޔިތުންގެ 22 އަހަރުވީ ހިތްދަތިކަން ނިމުމަކަށް!

ގދ. ފަރެސްމާތޮޑާގައި ފެނަކަ ކޯޕަރޭޝަނުން އަލަށް ހެދި މަރުކަޒީ އިންޖީނުގެއިން ރަށާއި އެއާޕޯޓަށް ކަރަންޓު ދޭން ފަށައިފި އެވެ.
ފެނަކައިން ބުނީ، ހަރުއަޑާއި ބޯދުމާއި ގެދަބުޅިން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ވޭނާއި ހިތްދަތިކަން ގެނުވަމުންދިޔަ 22 އަހަރުވީ އިންޖީނުގެ ނިއްވާލާފައިވާ ކަމަށެވެ.
ބާ އިންޖީނުގެ ނިއްވާލީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފެނަކަ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
ފަރެސްމާތޮޑާގެ ބާ އިންޖީނުގޭގައި ތިން ޖެންސެޓް ހުރި ނަމަވެސް ކެޕޭސިޓީއަކީ 1250 ކިލޮވޮޓެވެ. ނަމަވެސް އަލަށް ހެދި އިންޖީނުގޭގެ ކެޕޭސިޓީ ވަނީ 1800 ކިލޮވޮޓަށް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ