މިމަހުގެ 11 ވަނަ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަ ވޯޓްގެ ކަރަންޓު ބޭނުންކުރި ކަމަށާއި އެއީ މިހާތަނަށް މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުން ކުރި ދުވަސް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެހަފްތާ އަދި މިއަށްވުރެވެސް އިތުރަށް ކަރަންޓު ބޭނުން ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
"އޭޕްރިލް 11 ވަނަ ދުވަހަކީ މިހާތަނަށް އެންމެ ގިނައިން ކަރަންޓު މާލޭ އޭރިއާގައި ބޭނުންކުރި ދުވަސް 92.5 މެގަ ވޯޓަށް ވުރެ މައްޗައް ދިޔަ، ކުރިއަށް އޮތް ދެހަފްތާގައި އަދިވެސް އިތުރު ވުމުގެ ފުރުސަތު ބޮޑު. ސްޓެލްކޯ ގައި 120 މެގަވޯޓް އުފެއްދުމުގެ ގާބިލުކަން ހުރި ނަމަވެސް ކަރަންޓު އިގްތިސާދު ކުރައްވާ" ޝަރީފް ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެއްކަމުން ކަރަންޓު ބޭނުންކުރުން އިތުރުވާނެތީ ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ މީގެ ކުރިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިއަދު މާލޭ ސަރަހައްދުގެ ހޫނުމިން 42.3 ޑިގްރީއަށް މައްޗަށް ދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިމަހުގެ 11 ވަނަ ދުވަހަކީ މިހާތަނަށް މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ