ރަނިން މޭޓަކަށް ފާރިސް ރަނގަޅު: ގާސިމް

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް ފާރިސް މައުމޫނަކީ ރަނިން މޭޓަކަށް ރަނގަޅު ބޭފުޅެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމަށް ފަހު ގާސިމް ނޫސްވެރިން ގާތު ވިދާޅުވީ، އެ ބޭފުޅުން މަސައްކަތް ކުރަމުން އަންނަނީ މުސްތަގުބަލް އާރާސްތުކޮށް، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތްކުރުމަށް ކަމަށެވެ.އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.ފާރިސް، ރަނިންމޭޓަކަށް އިހްތިޔާރު ކުރުމާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އެހެން ވިދާޅުވަނީ ފާރިސްއަކީ ގާބިލް ތައުލީމީ ބޭފުޅަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.އެއީ ގާސިމް އަމިއްލަފުޅު ހައިިސިއްޔަތުން ވިދާޅުވާ ވާހަކަފުޅެއްކަން ސާފުކޮށް ދެއްވާ އެފަދަ ކަންކަމުގައި ގޮތް ނިންމާނީ ޕާޓީން ކަމަށް ވިދާޅުވިއެވެ.ފާރިސް މައުމޫންވެސް ވަނީ ގާސިމްގެ ވާހަކަފުޅަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ މިއަދުގެ ބައްދަލްވުމުން އިތުރު މަޝްވަރާތަކަށް ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އެ ގޮތުން ގާސިމްގެ މަންދޫބުންނާއި އެމްއާރްއެމް އިން މަޝްވަރާ ކުރާނެ ކަމަށެވެ. ރަނިންމޭޓަކު ކަނޑައެޅުމާ ހަމައަށް އަދި މަޝްވަރާތައް ދާނީ އޭގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.ފާރިސްވެސް ވިދާޅުވީ އެމްއާރްއެމް އޮތީ ރިޔާސީ އިންތިހާބަށް ތައްޔާރުވެ ކަމަށާ އެ ޕާޓީގެ ނިންމުން އަންނާނީވެސް ކައުންސިލުން ކަމަށެވެ. އެއީ އޭނާ އެކަނި ނިންމާ ނިންމުމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ. މިހާރު ސަރުކާރުގެ ކޯލިޝަނުގައި އޮތް ޕާޓީތަކުގެ ތެރެއިން ރައީސް ސޯލިހާއެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ނިންމާފައިވަނީ އަދާލަތު ޕާޓީއިން އެކަންޏެވެ. ދެން އެ ކޯލިޝަނުގައި އޮތް ޖޭޕީއިން ވަނީ ރައީސާއެކު ކޯލިޝަން ނުހަދާ އަންނަ އިންތިހާބުގައި ވަކިން ނުކުންނަން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ