މާލޭގެ ބައެއް ހިސާބުތަކުން މެންދުރު ފަހު ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު، މިއަދު މެންދުރު ފަހު މާލޭ ގަލޮޅު އަވަށުގެ އަލިކިލެގެފާނު މަގާއި، ބޮކަރުމާ ގޯޅި، ހިތަށްފިނިވާމަގުގެ އިތުރުން ކަޅުހުރާ މަގުން ކަރަންޓް ކެނޑިދާނެ ކަމަށެވެ.
މީގެއިތުރުން ހެންވޭރުގެ ބޮޑުތަކުރުފާނު މަގާއި، އަމީރު އަހުމަދު މަގާއި މެހެލި ގޯޅިއާއި، ފިލިގަސް މަގާއި، ސަނދުބަރަކަ ގޯޅީގެ އިތުރުން ރޯޝަނީ މަގާއި، ގަލަދުން ގޯޅިންވެސް ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެންދިއުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ ގަލޮޅުގެ ބައެއް އަވަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ 14:00 އިން 16:30 ގެ ވަގުތެއްގައި ކަމަށާއި އަދި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މެންދުރުފަހު 14:30 އިން 17:30 އާއި ހަމައަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދިއުން އެކަށީގެންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ