ކަރަންޓުގެ ދަތިކަން ހައްލުކުރަން ހާއްސަ ވޯކްޝޮޕެއް

ރާއްޖޭގެ ކަރަންޓުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމާއި، ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެ މަޝްވަރާކުރުމަށް ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.
މި ވޯކްޝޮޕްގައި ކަމާބެހޭ ޔުޓިލިޓީ ކުންފުނިތަކާއި، ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (އެމްއޯޓީއެމްވީ) ގެ އިސް އޮފިޝަލުން ބައިވެރިވެ އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ، ގައުމީ ފެންވަރުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލުތަކެއް ހޯދުމަށް ހިޔާލު ބަދަލުކޮށް މަޝްވަރާކުރުން ކަމަށެވެ.
އެގޮތުން ހާއްސަކޮށް، ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ނިޒާމީ ގޮންޖެހުންތަކަށް އައު ހައްލުތަކެއް ފާހަގަކޮށް، ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ހުރަހެއް ނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ވޯކްޝޮޕަކީ، ދިވެހިރާއްޖޭގެ ކަރަންޓުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އާބާދީގެ އިތުރުވުމާ އެކު ކުރިމަތިވާ ކަރަންޓުގެ ބޭނުން އިތުރުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ