ޗާގޯސް މައްސަލައިގައި އިދިކޮޅުން ބާއްވަން ތައްޔާރުވަމުންދާ އެއްވުމުގައި ބައިވެރިނުވާން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ 2015 މޭ ޑޭ މުޒާހާރާގައި ވެސް ޖޭޕީން ބައިވެރި ނުވުމަށް ނިންމި ކަމަށެވެ. ނަމަވެސް މުޒާހަރާ ނިމުނުއިރު، އަންދާޒާ ކުރި ނަތީޖާ އާއި ނުކުތް ނަތީޖާ މުޅިން ތަފާތު ކަމަށް ގާސިމް ވިދާޅުވިއެވެ.
އަދި އޭރުވެސް މުޒާހަރާގައި ބައިވެރިނުވުމަށް ނިންމީ އެހެން އެކަން ހިނގާފާނެތީ އެކަމާ ވިސްނުމަށް ފަހު ކަމަށާއި ވިސްނުންތެރިކަމާއި އެކު ބައިނަލް އަގްވާމީ މާހިރުންގެ ލަފާއާއި އެކު އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނޭ އެންމެހާ މަގުތަކެއް ހޯދޭތޯ ހުރިހާ ބޭފުޅުންވެސް ބުރަކޮށް މަސައްކަތް ކުރުން އެއީ ހަގީގީ ނަތީޖާ ހާސިލް ވާނެ މަގު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެެވެ.
“އެހެންކަމުން 2 ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުގެ އިޚްލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެއް” ގާސިމް ވިދާޅުވިއެވެ.
ޗާގޯސް މައްސަލައިގައި އިދިކޮޅުން ބާއްވަން ތައްޔާރުވަމުންދާ އެއްވުމުގައި ބައިވެރިނުވާން ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ