ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ފުޅާކޮށް، މިއަދު އެކަނިވެސް 48 މީހުން ޝަހީދު ކޮށްލައިފި

އިސްތިއުމާރީ
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް އިތުރަށް ފުޅާކޮށް،
މިއަދު އެކަނިވެސް 48 މީހުން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު
ސިފައިން މިއަދު ވަރުގަދައަށް ބޮން އަޅާފައިވަނީ ޣައްޒާގެ ދެކުނަށާއި،
މެދުތެރެއަށެވެ.
އެގޮތުން،
މިއަދުގެ ހެނދުނު ދިން ވަރުގަދަ ހަމަލާތަކުގައި އެކަނިވެސް 48 މީހުން ޝަހީދުވެ،
އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.
ޚާން
ޔޫނިސްއިން އެކަނިވެސް 11 މީހުން ޝަހީދު ކޮށްލާފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ
ކުޑަކުދިންނާއި އަންހެނުންނެވެ.
ދެން
އެންމެ ވަރުގަދައަށް ހަމަލާތައް އަމާޒުކޮށްފައިވަނީ މެދުތެރޭ ދީރުލް ބަލާހަށެވެ.
ދީރުލް
ބަލާހަށް ހުއްޓާނުލާ ބޮން އަޅާތާ އެތައް ހަފްތާއެއް ވެފައިވާއިރު، ފާއިތުވި 2
ދުވަސްތެރޭ ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީޑުވެ ލައްކައަކަށްވުރެ
ގިނަމީހުން މަގުމަތި ކޮށްލާފައި ވެއެވެ.
ހަނގުރާމަ
ހުއްޓާލުމަށް ވާހަކަ ދެކެވޭ ކޮންމެ ވަގުތެއްގައި ޣައްޒާއަށް ދޭ ހަމަލާތައް
އިތުރަށް ފުޅާކޮށް ވަރުގަދަކޮށް އަދި މީހުން މެރުން އިތުރު ކުރުމަކީ އިސްރާއީލުގެ
އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ކޮންމެ ފަހަރަކު ކުރާ ކަމެކެވެ.
އޭގެ
ބޭނުނަކީ، ހަމާސް ރުޅިއަރުވައި، ހަމާސްގެ ނިންމުންތައް އިތުރަށް ހަރުކަށިކުރަން
މަޖުބޫރުކޮށް ސުލްހައިގެ ވާހަކަތައް ނާކާމިޔާބު ކޮށްލުމެވެ.
ވާހަކަތަކުން
ރަނގަޅު ނަތީޖާއެއް ނުނިކުތުމުން އިސްރާއީލާއި އެމެރިކާއިން ކޮންމެ ފަހަރަކު އެކަމުގެ
އިލްޒާމު އަޅުވަނީ ހަމާސްގެ ބޮލުގައެވެ.
ކުށްވެރިޔަކީ
ހަމާސް ކަމަށް ދުނިޔެއަށް ދައްކައެވެ.
ގަތަރުގެ
ވެރިތރަށް ދޯހާގައި ބޭއްވި ވާހަކަތަށްފަހު، މިހާރުދަނީ މިސްރުގައި ވާހަކަތައް
ފަށަން ތައްޔާރުވަމުންނެވެ.
ހަމާސްގެ
ވަފުދު މިއަދު މިސްރަށް ދާނޭ ކަމަށް ހަމާސްއިން އިއުލާންކޮށްފައި ވެއެވެ. ވަފުދުގެ
ވެރިޔަކީ ޚަލީލް އަލް ޙައްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ