ބޯޓެއްގައި އަލިފާން ރޯވެއްޖެ

ކ، ގުޅީފަޅު ކައިރިން ބޯޓެއްގައި އަލިފާން ރޯވެއްޖެ އެވެ.
މެރިން ފުލުހުން ބުނީ އޯޒޯން ކިޔާ ބޯޓެއްގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 1:30 އެހާކަށްހާ އިރު ކަމަށެވެ. އަދި އޭގައި ރޯވި އަލިފާން އެފްއެސްއެމްގެ އުޅަނދެއްގެ އެހީގައި ނިއްވާލާފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ނުލިބެ އެވެ. އެކަމަކު ރޯވި ބޯޓަކީ ކަންނެލީގެ މަސްވެރިކަމަށް ހާއްސަ ބޯޓެއް ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ