ސްކޫލް ކުދިންގެ ލަވަ މުބާރާތް 8 އަހަރު ފަހުން އަލުން ބާއްވަނީ

ސްކޫލުތަކުގެ މެދުގައި ބާއްވާ ލަވަކިޔުމުގެ މުބާރާތް، އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިއްޔެ ފަށައިފި އެވެ.
ތަފްސީލް - އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އެ މުބާރާތުގައި 32 ސްކޫލަކުން 267 ދަރިވަރުން ބައިވެރިވެ އެވެ.
އޭގެ ތެރޭގައި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ސްކޫލުތައް ވެސް ހިމެނޭ
އެންމެ ފަހުން މި މުބާރާތް ބޭއްވީ 2015ގައި
ގުޅުންހުރި ކަމެއް - ޕީއެސްއެމުން ގެނެސްދޭ މި މުބާރާތުގެ ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމަށް ވަނީ އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެކަމާގު ޅިގެން ޕީއެސްއެމްގެ ތަރުޖަމާނު ޒީކް މުހައްމަދު ރިޒާ ވިދާޅުވީ މެދުކެނޑުމަކަށް ފަހު ލަވަ މުބާރާތް އަނެއްކާވެސް ބޭއްވުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ