މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި
ކަރަންޓުގެ ޚިދުމަތް މެދުކެނޑުނުތާ ތިން ގަޑިއިރާއި 30 މިނެޓު ފަހުން ހުޅުމާލެއާއި މާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓު ދީފިއެވެ.މިއަދު މެންދުރު 12:00 އެހާއިރު މާލެ އާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުއިރު، ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯގެ އިންޖިނިއަރުން ކުރި މަސައްކަތުން، ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފެށިއެވެ. އަދި އޭގެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދީ ވަނީ އާންމު ހާލަތަށް ގެނެވިފަ އެވެ.ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ކަރަންޓު ލިބޭނެ ކަމަށެވެ. އަދި ކަރަންޓު ކަނޑާލުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.މީގެ ކުރިން ވެސް މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން ވަރަށް ގިނައިން ކަރަންޓު ކެނޑިފައި ވެއެވެ. އެކަމަކު، އާންމުކޮށް ކަރަންޓު ކެނޑެނީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުންނެވެ. އެ ގެއްލުންވާ ކޭބަލް ރަނގަޅުކުރުމަށް ފަހު، މާ ގިނައިރުތަކެއް ނުވެ ސްޓެލްކޯއިން އެ ސަރަހައްދަކަށް ކަރަންޓު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ