މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓު ލުމަށް ދެ އަހަރު ނުވާ ކުދިންގެ ބެލެނިވެރިން ކިއުގައި ނުޖެހި ވޯޓު ލުމުގެ ފުރުސަތު ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ވޯޓު ލުމަށް ކިއުގައި ޖެހުމަކީ ދެއަހަރު ނުފުރޭ ކުޑަ ކުދިންގެ ބެލެނިވެރިންނަށާއި އެ މީހުންގެ ކުދިންނަށްވެސް އުފުލަން ޖެހޭ ތަކުލީފަކަށް ވެގެންދާނެ ކަމެއް ކަމުން އީސީ އިން ވަނީ އެމީހުންނަށް ކިއުގައި ނުޖެހި ވޯޓު ލުމުގެ ފުރުސަތު ދެއްވާފައެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިޔަށްދާއިރު، މިފަަހަރުގެ އިންތިހާބުގެ ނަތީޖާ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްވުރެ ލަސްވަާނެކަމަށް އިލެކްޝަންސް ކޮމިޝަންއިން ވަނީ ހާމަކޮށްފައެވެ. މިއަދު ހެނދުނު 08:00 އިން ފެށިގެން ގާތްގަޑަކަށް 16:00 އަށް ވޯޓް ލުން ކުރިއަށް ދާއިރު އަދި ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ މައްސަލަތަކެއް ދިމާނުވެ ވަރަށް އަމާން ކޮށެވެ.
ވޯޓުލުން ކުރިއަށްދަނީ ވަރަށް އަމާން އޮމާން ކަމާއެކު ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.
ދެ އަހަރު ނުވާ ކުދިންގެ ބެލެނިވެރިން ވޯޓު ލުމަށް ކިއުގައި ޖެހޭކަށް ނުޖެހޭނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ