ސުޕްރީމް ކޯޓުގެ އަމުރަކަށް އަމަލެއް ނުކުރާނަމޭ ބުނުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެހެން ބުނުމަކީ ވަރަށް ބޮޑު ގާގޫނީ ކުށެއް ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.
މައުމޫންގެ މި ޓްވީޓްގައި އެމަނިކުފާން ވަނީ ގައުމީ ދިފާއީ ބާރާއި މޯލްޑިވްސް ޕޮލިސް ސާވިސް ޓްގް ކުރައްވާފައެވެ.
ސްޕްރީމް ކޯޓުގެ އަމުރާއެކު ސިއްރުވެފައިވާ އެތައް ކަންތައްތަކެއް ހާމަވެގެން ގޮސްފި ކަމަށާއި، ސުޕްރީމް ކޯޓު ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުރީ ކޮންކޮން ސަބަބުތަކަކާ ހުރެކަން ސުޕްރީމް ކޯޓުގެ އަމުރުން ހާމަވެއްޖެ ކަމަށް ރާއްޖޭގެ ގިނަ ވަކީލުން ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާއިރު، މިއަމުރު ވަގުތުން ތަންފީޒް ކުރުމަށް އިދިކޮޅު ސިޔާސި ލީޑަރުންގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ސަރުކާރަށް ވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް އަމަލެއް ނުކުރާނަމޭ ބުނުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ