ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން ވަކި ކުރައްވާފައިވާ ކުރީގެ ސީޕީ އަހުމަދު އަރީފު އާއި އަހުމަދު ސައުދީ އަލުން މަގާމަށް ގެންނަން ސުޕްރީމް ކޯޓުން އުޅުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް ވަކިކުރުމަކީ ރައީސަށް އޮންނަ ކަމެއް ކަމަށެވެ.
"ކޮމިޝަނަ އަޅުގަނޑު ވަކި ކުރި ކުރުން އެއީ އަޅުގަނޑަށް އޮންނަ ކަމެއް. ސްޕްރީމް ކޯޓުން ބޭނުންވީ އޭނަ ރީ އިންސްޓޯލު ކުރަން އެ ފެއިލްވީ. ދެން އުޅުނީ ސައުދީ ވެސް އަނބުރާ ގެންނަން" ރައީސް ޔާމީން ވިދާޅުވިއެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން އެރޭ ނެރުނު އަމުރަށް ތަބާވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ގާނޫނީ ލަފާ ހޯދުމަށްފަހު ނިންމަވާފައިވާ ކަމަށާއި އަމުރަށް އަމަލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ތަފުސީލު އަންނަނީ
"އަރީފު އާއި ސައުދީ އަލުން މަގާމަށް ގެންނަން ސުޕްރީމް ކޯޓުން މަސައްކަތް ކުރި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ