ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ނެރުނު އާދަޔާއިހިލާފު އަމުރު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ސުޕްރީމް ކޯޓާއި ހިއްސާ ކުރުމުން އެކަންކަން ބަލައި ނުގަނެ ސުޕްރީމް ކޯޓުން މިރޭ ވަނީ އެއަމުރު ތަންފީޒު ކުރުމުގައި ހުރަހެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އެއާއިއެކު ދެން ވާނީ ކިހިނެއްތޯ މިވަނީ އަނެއްކާވެސް ސުވާލު އުފެދިފައެވެ. އަމުރު ތަންފީޒު ކުރުމުގައި ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ވެސް އަދި އެޓާނީޖެނެރަލް ވެސް މިހާތަނަށް ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އާދީއްތަ ދުވަހު ހެނދުނު ބަންޑާރަނައިބު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ އަމުރެއް ނުވަތަ ޙުކުމެއް ނެރުމަށް ސުޕްރީމް ކޯޓުން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިއަދު އަދި މިހާތަނަށް އެފަދަ އަމުރެއް ނުނެރެއެވެ.
އާދީއްތަ ދުވަހު އިދިކޮޅު މެންބަރުން ވަނީ ބަންޑާރަނައިބުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.
ލައިވް ބްލޮގް: ރައްޔިތުން ތިބީ އަމުރާއި މެދު ދެން ކަންތައް ވާނެ ގޮތެއްގެ އިންތިޒާރުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ