މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ 50 އިންސައްތަ މަސައްކަތް ވަނީ ނިމިފައި: މެމްބަރު މުއާޒް

ގދ. މަޑަވެލި ހޯޑެއްދޫ ކޯޒްވޭގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.ސަރުކާރުން މަޑަވެލި ދާއިރާގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢު ތަކާއި ގުޅޭގޮތުން ޗެނަލް ތާޓީންއަށް މަޢުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ މަޑަވެލި އަދި ހޯޑެއްދޫ ، ކޯޒްވޭއަކުން ގުޅާލުމަކީ އެ ދެރަށުގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ހުވަފެނެއްކަމަށާއި، ކުރީގެ ސަރުކާރުތަކުގައި އެވާހަކަ އެތައް ފަހަރަކު ދެކެވިފައިވީ ނަމަވެސް އެމަސައްކަތަށް އަމަލީ ސިފައެއް ގެނެސްދެއްވާފައިވަނީ ރައީސް ޔާމިންގެ ސަރުކާރުން ކަމަށާ މިހާރު އެމަސައްކަތުގެ 50 އިންސަތައް ނިމިފައިވާކަމަށް މުއާޒް ވިދާޅުވިއެވެ. މުޢާޒް އިތުރަށް ވިދާޅުވީ މިހާރުވެސް ދެރަށުގެ ރައްޔިތުން އެކި ކަންކަމަށް ކޯޒްވޭ ބޭނުން ކުރަމުންދާކަމަށާއި އެގޮތުން އެފަދަ ކޯޒްވޭއެއްގެ މުހިއްމުކަން ރައްޔިތުންނަށް މިހާރު އެނގިގެންދާކަމަށެވެ. މުއާޒް ވިދާޅުވީ މި ކޯޒްވޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި، އެގޮތުން ވިޔަފާރީގެ ދާއިރާއިން ދެރަށުގެ ރައްޔިތުންނަށްވެސް ބޮޑު ނަފާއެއް ވާނެކަމަށެވެަމަޑަވެލީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން މެމްބަރު މުއާޒް ވިދާޅުވީ އެރަށުގެ ބަނދަރަކީ މިސަރުކާރު ވެރިކަމަށް އައި އިރު ވީރާނާ ވެފައިވާ ތަނެއްކަމަށާއި ނަމަވެސް މިސަރުކާރުން ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވާ އެ ޕްރޮޖެކްޓްގެ އަށްޑިހަ އިންސައްތަ މަސައްކަތް ނިންމާލާފައިވާކަމަށެވެ. މީގެ އިތުރުންވެސް މަޑަވެލީގެ ބިން ހިއްކުމަށްފަހު ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ޔަޤީން ކޮށްދިނުމަށް އަޅާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތްވެސް ފަށާފައިވާކަމަށާއި، އަދި ރަށުގެ ގިރާ ސަރަޙައްދުވެސް ހިމާޔަތް ކޮށްފައިވާކަމަށް މުޢާޒް ވިދާޅުވިއެވެ.އިތުރަށް ވާހަކަ ދައްކަވަމުން މުޢާޒް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުންވެސް ރައްޔިތުންގެ އަތުން ޓެކްސް ނެގިކަމަށާއި، ނަމަވެސް އެ ޓެކްސް ނަގައިގެން ރައްޔިތުންނަށް ލާބަޔާއި މަންފާއަށް އެއްވެސް ކަމެއް ކޮށްދީފައިނުވާކަމަށެވެ. އެއާ ޚިލާފަށް މިއަދުގެ ސަރުކާރުން ހުރިހާ ރައްޔިތުންގެ އަސާސީ ބޭނުންތަށް ފުއްދާދެމުންދަނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ކަމަށް މުއާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ