ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ހދ. ކުޅުދުއްފުށީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިންނަށް ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފާތުމަތު އިބްރާހިމް ފައިސާގެ އެހީއެއް ދެއްވައިފިއެވެ.
ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ރާއްޖެ އެމްވީއަށް ބުނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހުދު ސިޓީ އުރަތަކެއްގައި ފައިސާގެ އެހީ ދެއްވާފައިވާ ކަމަށާއި ކޮންމެ އުރައެއްގައި ވެސް ވަނީ 1500ރ. ކަމަށެވެ.  އެކަން ކުރައްވާފައި ވަނީ އަފީފުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި އެބައްދަލުވުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެފަރާތްތަކުގެ ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ. 
ރައީސްގެ އަނބިކަބަލުން ވަނީ އެހުރިހާ ފަރާތްތަކާ ބައްދަލުކުރައްވައި ސަލާމްކުރައްވައި، ހާލު ބައްލަވާލައްވާފައެވެ. އަދި އެތަނަށް ގޮސް ތިބި ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ފަރާތަކަށާއި އެފަރާތްތަކުގެ ބެލެނިވެރިންނަ ށްވެސް ފައިސާގެ ސިޓީ އުރަ ބައްސަވާފައިވާ ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.
މެޑަމް ފާތުމަތު އިބްރާހިމް ބުދަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް ހޫނު މަރުހަބާއެއް ކިޔައިފައިވާއިރު އެމަރުހަބާ ކިޔާފައި ވަނީ ސަޤާފީ ގޮތަކަށެވެ. މެޑަމް ވަނީ މީގެ ކުރިން ވެސް ސަދަގާތު ފައުންޑޭޝަންގެ ނަމުގައި ވެސް މިފަދަ އެހީތައް ބައްސަވާފައެވެ. އެ ގޮތުން ބޯން މެރޯ ހެދުމަށް ކުރިން ސަރުކާރުން އެހީ ފޯރުކޮށްދެމުން އައި ނަމަވެސް މިހާރު އެކަން ވެސް ކުރަމުން އަންނަނީ ސަދަގާތު ފައުންޑޭޝަނުންނެވެ. އަދި ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެ އަށް ހަދިޔާކުރާ ކަދުރު ވެސް އެ ފައުންޑޭޝަނުން ބަހަމުންދާއިރު އެހެން ޖަމިއްޔާ ޖަމާއަތްތަކަށް ސަރުކާރުގެ ތެރެއިން ނުލިބޭ އެތައް ފުރުސަތުތަކެއް އެ ފައުންޑޭޝަނަށް ވަނީ ފަހިވެފައެވެ. އެގޮތުން އާސަންދައިގެ އެހީގެ ދަށުން ކޮންމެ އަހަރަކު ހިތާނުކުރުމުގެ ޕްރޮގްރާމެއް ވެސް އެ ފައުންޑޭޝަނުން ގެންދަނީ ބާއްވަމުންނެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ