މާލެ އަށް ރޭ ކުރި ވިއްސާރާގައި ގާޒީ ބިލްޑިންގުގެ ގޯތި ތެރޭގައި ހުރި ބޮޑު ގަހެއް ވެއްޓި ޕާކުކޮށްފައި ހުރި ސައިކަލުތަކަކާއި ޑިފެންސް މިނިސްޓްރީގެ އިމާރާތަށް ގެއްލުންތަކެއް ވެއްޖެއެވެ.
އެ ގަސް މަގު ހުރަހަށް ވެއްޓުނު އިރު އެ ގަސް ކައިރީ ޕާކިން ޒޯނުގައި ހުރި ދެ ސައިކަލަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ގަސް ދަށުގައި ހުރި ސައިކަލަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
އޭގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ކުޑަ ދޮރުތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ އިރު އެސަރަހައްދުގައި ހުރި މަގު ބައްތިއަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.
ފުލުހުން ބުނީ ގާޒީ ބިލްޑިން ކައިރީ ހުރި ގަހެއް ވެއްޓިގެން އުޅޭ ކަމަށާއި ގަސް ވެއްޓި ބައެއް ސައިކަލުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ރޭ މާލެއަށް ކުރި ވިއްސާރާގައި މާލޭގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. މެޓު އޮފީހުން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނު އަށެއް ޖެހުމާ ހަމައަށް މާލެ ސަރަހައްދަށް 85 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މިއަދު ހެނދުނު 8:15 އިން 11:00 އަށް ރ އަތޮޅުން ފެށިގެން ތ އަތޮޅާ ދެމެދުގެ ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލެޔޯ އެލާޓް ނެރެފައެވެ.
ގާޒީ ބިލްޑިންގު ކައިރީ ހުރި ބޮޑު ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ