ރިޝްވަތުގެ އެއްވެސް ފައިސާއެއް އެއްވެސް މީހަކަށް ދެއްވާފައިނުވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހުވާކުރައްވައިފިއެވެ.
އޭނާ ހުވާ ކުރައްވާފައި ވަނީ "ރާއްޖެ ޓީވީ" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.
ގާސިމް ވިދާޅުވީ ރިޝްވަތުގެ އެއްވެސް ފައިސާއެއް ދެއްވާފައިނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ އިދިކޮޅުގެ ބޭފުޅުން ފްރޭމް ކުރުމަށް ކަމަށެވެ.
"ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ ކޮން ވާހަކައެއްތޯ މިއީ. އެެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން އިނގޭތޯ. ﷲ ގަންދީ ހުވާކޮށްފައި މިދަންނަވަނީ މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން. މިހަމަ ހުސް ބަދުނާމު މިއަޅުވަނީ. މިސަރުކާރުން މީހުން ފްރޭމްކުރަމުންދާކަން އެއީ އަޅުގަނޑުމެންނަށް ސާބިތުވެފައި ހުރި ކަންތައް ދެއްތޯ. ޕޮލިސްގެ ތެރެއިން ކާނަލް ނާޒިމް ފްރޭމް ކުރެވިފައި ވަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް މިބޭފުޅުންގެ ޑީއެންއޭ ރިޕޯޓްތަކުން ފެނިގެން ގޮސްފައި ވަނީ ދެއްތޯ،" ރިޝްވަތު ދެއްވާފައި ނުވާ ކަން ޔަގީންކޮށްދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
ރިޝްވަތު ދެއްވާފައި ނުވާނެ ކަމަށް ވިދާޅުވެ ގާސިމް ހުވާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ