އިދިކޮޅު ފަރާތްތަކުން މިއަދު އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި މުޒާހަރާ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމީތު އާއިތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހައްޔަރުކޮށްފި އެވެ.
އަމީތު އާއި އަބުޅޯ ހައްޔަރު ކޮށްފައިވަނީ މުޒާގަރާގެ ބައިވެރިންނާއެކު މަޖީދީ މަގުގައި ތިއްބައެވެ.
މިދެމެމްވަރުންގެ އިތުރުންވެސް އިދިކޮޅު ހަރަކާތްތަކުގައި އިސް ކޮށް ހަރަކާތްތެރިވަމުން އަންނަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އާއި ގާތްގުޅުމެއް އޮންނަ ސްޓެޕް އައްޔަ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އަބުޅޯ އާއި އަމީތު ހައްޔަރުކުރި އިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ވަނީ ރޭގެ މުޒާހަރާގައި ހައްޔަރު ކޮށްފައެވެ.
މެމްބަރު އަމީތު އާއި އަބުޅޯ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ