ރައީސް މައުމޫނު ދޫނިދޫއަށް ބަދަލުކޮށްފި

މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.
ޤާނޫނާއި ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައި ވުން އުފެއްދުމުގެ ތުހުމަތާއި ފަނޑިޔާރުންނަށް ރިޝްވަތުދީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހައްޔަރުކޮށްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކުއްލުނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހުގައެވެ.
ހައްޔަރު ކުރުމަށްފަހު ރައީސް މައުމޫނު ފުރަތަމަގެންގޮސްފައިވަނީ ދޫނިދޫއަށެވެ. ދޫނިދޫގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ދެން ގެންދިޔައީ މާފުށީ ޖަލަށެވެ.
ރައީސް މައުމޫނު އަލުން މިއަދު ދޫނިދޫއަށް ބަދަލުކޮށްފައިވާއިރު ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތު ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އިންޔެވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއިވެސް ބައްދަލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ