ސުޕްރީމް ކޯޓަށް ވަން ފުލުހުންނާއި ސިފައިން ޖަލަށްލުމަށް ހުކުމެއް ކޮށްފައި ނުވާނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓަށް ވަދެގަނެ، މިމަހުގެ ހަވަނަ ދުވަހުގެ މެންދަމު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނިކޮށް އަބްދުﷲ ސައީދުގެ ފަރާތުން ގާނޫނީ ވަކީލުންގެ ޓީމުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންނާއި ސިފައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ގަދަކަމުން ވަދެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިންގެ މައްޗަށް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެވަގުތުން ވަގުތައް ހުކުމް އިއްވަފާއިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ވަން ފުލުހުންނާއި ސިފައިން ޖަލަށްލުމަށް ހުކުމެއް ކޮށްފައި ނުވާނެ: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ