ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 14:00 އިރު އެވެ.
މެމްބަރު އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި މެމްބަރު ދީދީގެ ފަރާތުން ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރާ ސަބަބުތައް ހާމަކޮށްފައިވާއިރު، އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ވެސް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.
މެމްބަރު އިބްރާހިމް ދީދީގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ