ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީ އެމްޑީޕީން އަލުން ހުޅުވާލާފައި މިވަނީ ޕްރައިމަރީއަކާ ނުލާ އެދާއިރާގެ ޓިކެޓް ކަށަވަރުކުރި ކާށިދޫ ދާއިރާގެ މިހާރުގެވެސް މެންބަރު އަބްދުﷲ ޖާބިރާ ދެކޮޅަށް އެމްޑީޕީން ފިޔަވަޅު އަޅައި، އޭނާއަށް ލިބިފައިވާ ޓިކެޓް ބާތިލުކޮށްފައިވާތީއެވެ.
ޖާބިރާއި މެދު ފިޔަވަޅު އެޅީ ރައީސް ޔާމީން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 15 ވަޒީރުންގެ ތެރެއިން 8 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައިވަނިކޮށް ވިޕާއި ހިލާފަށް ވޯޓުދެއްވުމާއި ގާނޫނުލްއުގޫބާތު ބިލް ފާސް ފާސްކުރުމަށް އެމްޑީޕީން ވިޕްލައިނެއް ނެރެފައިވަނިކޮށް އެބިލް ބޭރުކޮށްލުމަށް ވޯޓުދިނުމާއި ގުޅިގެންނެވެ.
އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް އަންނަ މަހުގެ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން އެމްޑީޕީގެ އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވަނީ ޕްރައިމަރީގައި ޖާބިރަށް ވެސް ވާދަކުރެވޭ ގޮތަށެވެ.
ކާށިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ