ތޫނު އެއްޗެހިން މާރާމާރީ ހިންގާފައިވާ މައްސަލަތަކާއި ގުޅިގެން އިއުލާންކޮށްގެން ހޯދަމުންދިޔަ ބައެއް މީހުންނާއި އެކިއެކި މައްސަލަތަކުގައި ހޯދަން ބޭނުންވެފައިވާ ބައެއް މީހުން ހޯދުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ރޭ ހައްޔަރުކުރި ދެމީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ބަންދުގެ މުއްދަތު ޖެހުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ދޫކޮށްލާފައިވަނީ ހ.ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު (ސަފާ) އާއި އޭނާއާއެކު ރޭ ހައްޔަރުކުރި އުމުރުން 20 އަހަރުގެ އަންހެން ކުއްޖާ އެވެ. ނަމަވެސް އެދެމީހުން ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށްފައެވެ.
މ. ނިކޯޝިއާ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުން ރޭ ހައްޔަރުކުރި އަނެއް ދެމީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިރޭ ވަނީ އިތުރުކޮށްދީފައެވެ. މީގެތެރެއިން އެކަކަކީ މި މެއި މަހުގެ 18 ވަނަ ދުވަހުގެ 15:25 ހާއިރު އިތުރު ބަޔަކާ ބައިވެރިވެގެން ހަވީރީހިނގުމާއި ޗަނބޭލީމަގު ގުޅުނު ހިސާބުގައި ތިބި ދެ މީހަކަށް ތޫނު ހަތިޔާރުން ހަމަލަ ދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތަޙުޤީޤަށް ފުލުހުން ހޯދަމުންދިޔަ މ. ލޮނުމިދިލިގެ، ޝަރުފާން ޢަބްދުއްރައްޒާޤު އަޙްމަދު (19އ) އެވެ.
ޝަރުފާނާއި އެކު އަނެއް ތިން މީހުން ހައްޔަރުކޮށްފައިވަނީ ޝަރުފާން ފިލުވައިގެން ގެންގުޅުނުކަމުގެ ތުހުމަތުގައި އެވެ.
ކޯޓު އަމުރެއްގެ ދަށުން މ. ނިކޯޝިއާ ގެއަށް ވަދެ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ ގެ ބަލައިފާސްކުރިކުރުމުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައެވެ.
ތޫނު އެއްޗެހި ބޭނުންކޮށްގެން މާލެތެރޭގައި ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ހިންގާ އެންމައި ޙަރަކާތްތައް ރާވައި ވިލަރެސް ކުރުމަށް ފުލުހުންގެ ތެރޭގައި އުފައްދާފައިވާ ޙާއްޞަ ޓާސްކް ފޯސްއިން ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނުގައި ތޫނު އެއްޗެހިން މާރާމާރީ ހިންގާފައިވާ މައްސަލަތަކާއި ގުޅިގެން އިއުލާންކޮށްގެން ހޯދަމުންދިޔަ ބައެއް މީހުންނާއި އެކިއެކި މައްސަލަތަކުގައި ހޯދަން ބޭނުންވެފައިވާ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިއެވެ.
ރޭ ހައްޔަރުކުރި ސަފާ އާއި އަންހެން ކުއްޖާ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ