ވިލިމާލެ ދާއިރާގެ ބައި އިލެކްޝަން: އެމްޑީޕީއަށް ފުުރުސަތެއް ނުލިބުނު

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ އިންތިހާބުގައި ވާދަކުރަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިފަހުން ފޯމް ހުށަހެޅުމުން، އެމްޑީޕީއަށް، އެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.އެމްޑީޕީން ހުޅުވާލީވެސް އިއްޔެ އެވެ. އެހެން ކަމުން ވަގުތު ހަމަވުމުގެ ކުރީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅިދާނެ ކަމާމެދުވެސް އޮތީ ސުވާލު އުފެދިފައެވެ.އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓްގެ ފޯމް ހުށައަޅާފައިވަނީ ސުންގަޑި ހަމަވި ފަހުން ކަމަށެވެ. އެހެން ކަމުން އެ ފޯމް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ފުއާދު ވިދާޅުވީ ވަގުތު އިތުރުކޮށް ނުދިނުމަށާއި ސުންގަޑީގެ ފަހުން ހުށައަޅާ ފޯމް ބަލައިނުގަތުމަށް ކޮމިޝަަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ކުރީންވެސް ނިންމާފައިވާ ކަމަށެވެ. ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިއަދުގެ މެންދުރު 12:00 އަށްށެވެ.އެ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ މެންބަރުންނަށް ހުޅުވާލީވެސް އިއްޔެގެ ވަގުތެއްގައެވެ.އެ އިންތިހާބުގެ ގުރުނެގުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގައެވެ.ވިލިމާލެ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުރި އެމްޑީޕީގެ މެމްބަރު އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލަކުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުގައެވެ. އީމާން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ހުރީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ