މަޑުއްވަރީ އާ އިންޖީނުގެ ރައީސް ހުޅުއްވައިދެއްވައިފި

ރ. މަޑުއްވަރީގައި ފެނަކަ ކޯޕަރޭޝަން އިން އަލަށް ގާއިމްކުރި އާ އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުޅުއްވައިދެއްވައިފި އެވެ. މިއަދު މެންދުރު މަޑުއްވަރީގައި ބޭއްވި ހަފްލާއެއްގައި އެ އިންޖީނުގެ ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު މަޑުއްވަރީގެ ކަރަންޓުގެ ކެޕޭސިޓީ 530 ކިލޯ ވޯޓަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މިއީ ފުރިފައިވާ މަޑުއްވަރީއަށް ލިބެން ޖެހޭ ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލް ވިދާޅުވީ އަތޮޅުތެރޭ ރަށްރަށުގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި ކަމަށެވެ. މަޑުއްވަރީ ކަރަންޓް މައްސަލަ ހައްލުކުރުމަށް ތިން ފަހަރެއްގެ މަތިން ތިން އިންޖީނެއް ގެންގޮސް އެ ރަށުގައި ޒަމާނީ އާ އިންޖީނެއް ހަދާފައިވާ އިރު އެކަމަށް ހަ މިލިއަން ރުފިޔާ ހަރަދުވި ކަމަށް ނިމާލް ވިދާޅުވި އެވެ. "މިއިންޖީނުގެއިން ފެންނަނީ ހަމައެކަނި ނިމިފައިވާ އިމާރާތެއް ނޫން، މިއިންޖީނުގެއިން އެތައް ބައިވަރު ވާހަކަތަކެއް ކިޔައިދޭ. އެތައް މިލިއަން ވާހަކަތަކެއް އަޅުގަނޑުމެންނަށް ކިޔައިދޭ." ނިމާލު ވިދާޅުވި އެވެ. ނިމާލު ވިދާޅުވީ އާ އިންޖީނުގެއާ އެކު އިންޖީނުގޭގެ ދުމުން އެރަށަށް ކުރިމަތިވަމުން އައި ތަކުލީފްތަކަށް ނިމުމެއް އައިސްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިސަރުކާރުން މަޑުއްވަރީއަށް ގިނަ މަޝްރޫތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު ކައިރު މުސްތަގުބަލެއްގައި އެ ރަށުގައި ބަނދަރު ހެދިގެންދާނެ ކަމަށެވެ. ރައީސް މަޑުއްވަރިއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ދަންނަވަނީ -- ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހުޅުމާލެ އާއި މާލޭގައި އިމާރާތްކުރާ ފުލެޓުތަކުން އެރަށު ރައްޔިތުންނަށް ފުރުސަތު އޮތް އިރު ބިމުގެ ދަތިކަން ހައްލު ކުރަން ރައްޔިތުން ގޮތެއް ނިންމައި ސަރުކާރަށް ހުށައެޅުމުން އެކަންކަން ބައްލަވާނެ ކަމަށް ވެސް ރައީސް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ