ހެރެތެރަ ރިސޯޓުން ފިލި އެންމެން ހޯދާ ހައްޔަރު ކޮށްފި

ކަރަންޓީނަށް ގެންގޮސް ހެރެތެތަ ރިސޯޓުގައި ބައިތިއްބާފައި ތިބި މީހުންގެ ތެރެއިން ފިލި 5 މީހުން ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނީ އިއްޔެ 3 މީހުން ފެނިފައިވާއިރު، އަނެއް 2 މީހުން ފެނުނީ މިއަދު ފަތިހު ކަމަށެވެ.
ފުލުހުން މި އެންމެން ހޯދީ ކޮންތާކުން ކަމެއް ނުބުނެއެވެ.
ފިލި މީހުންގެ ތެރޭގައި ޖަލުން ދޫކޮށްލި މީހުން ހިމެނޭ ކަމަށް ވަނީ އެނގިފައެވެ.
ކަރަންޓީނު ފެސިލިޓީން އެމީހުން ފިލިގޮތެއް އަދި ސަބަބެއް ސާފު ނުވާ އިރު އެމީހުން ފިލައިގެން އެރިކަމަށް މައުލޫމާތު ލިބިފައިވަނީ ހުޅުދޫއަށެވެ.
ހެރެތެރަ ރިސޯޓަކީ ކޮވިޑް-19 އާއި ގުޅިގެން މާލެއިން އައްޑޫއަށް ދާ މީހުން ކަރަންޓީނު ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއް ފެސިލިޓީއަށް ވާއިރު، އެތަނުގައި މިހާރުވެސް 92 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.
ހެރެތެތަ ފެސިލިޓީން ފިލި 5 މީހުންގެ ތެރޭގައި ފުވައްމުލަކާއި އައްޑުއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ