ޕްރީފެބްރިކޭޓެޑް ނުވަތަ ބޭނުންވުމުން ބޭނުންތަނަކު ރާވާލައި އަދި ރޫޅާލެވޭ ގޮތަށް ހުންނަ މޮބައިލް އިންޖީނު ގެތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 41 ޕްރީފެބްރިކޭޓެޑް އިންޖީނުގެ އިމާރާތްކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތުގެ ބިޑް ޑޮކުއިމަންޓް ގަތުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު ލިބޭނީ ހަމައެކަނި އީއޯއައި ހުށަހަޅާ ފަރާތްތަކަށް ކަމަށްވެސް ފެނަކައިން ބުނެ އެވެ.
މިމަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރާ ފާރާތްތަކުން ފެނަކައިގެ ޓެންޑަ އެންޑް ފޮރިން ޕާޗޭސް ޑިވިޒންގެ ރަސްމީ މެއިލަށް މެއިލްކުރުމުން ނުވަތަ ފެނަކައިގެ ހެޑް އޮފީހަށް ހާޒިރުވުމުން ރަޖިސްޓަރީކުރެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
ފެނަކައިން ބުނީ ރަޖިސްޓަރީކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 12 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.
ރާވާލެވޭ 41 އިންޖީނުގެ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ