އިދިކޮޅުން ކުރަމުން އަންނަ ކަންތަކުގައި ބައިވެރިނުވަނީ ނަޝީދު ހުރުމުން – އުމަރު ނަސީރު

އިދިކޮޅުން ކުރަމުން އަންނަ ކަންތައްތަކުގައި ބައިވެރިނުވަނީ އެކަންކަމުގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު ޙަރަކާތްތެރިވާތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސިރު ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ޖޫމްހޫރީ ޕާޓިއަށް ސޮއިކޮށް ސިޔާސީ މައިދާނުގެ ސުރުޙީތަކަށް ކުޑަ ވަގުތުކޮޅަކަށް އުމަރުގެ ނަން އަރާފައި އަނެއްކާވެސް އެނަން ފަނޑުވެ، އިދިކޮޅުގައި ހުރެމެ އުމަރުގެ އަޑު އެއްކޮށް ކެނޑި، އާއްމުންގެ އެތައް ސުވާލެއް އުފެދިފައިވަނިކޮށް މީޑިޔާއަކަށް ދިން އިންޓަރވިއުއެއްގައި އުމަރު ބުނީ އިދިކޮޅުން ކުރަމުން އަންނަ އެއްވެސް ކަމެއްގައި އޭނާގެ ބައިވެރިވުން ނުފެންނަނީ އެއީ ނަޝީދު އިދިކޮޅުގައި ހުރުމުން ކަމަށެވެ.
ނަޝީދަކީ އޭނާ އެއްވެސް އިރަކު ތާއިދު ކުރާ މީހެއް ނޫންކަން ހާމަ ކުރަމުން އުމަރު ބުނީ، ނަޝީދަކީ އޭނާގެ ވެރިކަމުގައި ފަނޑިޔާރުން ވަގަށް ނަގައި އަދި ޤާނޫނު އަސާސި އާއި ޚިލާފުވެގެން ހުރެ ވެރިކަން ކުރި ވެރިއެއް ކަމަށެވެ.
އުމަރު ބުނީ ނަޝީދު ޤާނޫނު އަސާސީއާ ހިލާފުވެވަޑައިގެންނެވީ "ތިމަންނަ ދާނީ ޗާޓުން ބޭރުންނޭ" ވިދާޅުވުމަށްފަހު ކަމަށެވެ.
ނަޝީދަކީ އުމަރު އެއްވެސް އިރެއްގައި ހިތްހަމަ ޖެހޭ މީހެއް ނޫންކަން ހާމަ ވާ އެތައް ކަމެއް އެބަހުއްޓެވެ. އެގޮތުން 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަން އެމްޑީޕީން ނިމުމަކަށް ގެނެސް މުޙައްމަދު ނަޝީދު ވެރިކަން ކުރައްވަން ފެއްޓެވުމާއެކު އޭރުގެ އިދިކޮޅު ފަރާތްތަކުން އިސްވެ ކުރި ބޮޑެތި މުޒާހަރާތަކާއި، ބޭއްވި ބޮޑެތި ރެލީތަކުގެ އިތުރުން ހެދުނު ބޮޑެތި ގޯސްތަކުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ޕްރެޝަރަށް ކެތް ނުކުރެވިގެން ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވަން މެދުވެރިވި ބޮޑު އެއްވުމުގައިވެސް އުމަރު ނަސީރު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
އަމިއްލައަށް އުފެއްދި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ، އާއި އެކު ސިޔާސީ މަޝްރަހަށް ވަދެވަޑައިގަތް އުމަރު ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ