އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުމަކީ އާންމު ކަމެއް: މެމްބަރު ސަލީމް

އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުމަކީ އާންމު ކަމެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގެވެ. އޭނާ ވިދާޅުވީ، އިންޑިއާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބި ކަމަށެވެ.
އެކަމުން އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެތޯ އޭނާ ސުވާލުކުރެއްވިއެވެ.
އެއަށް ފަހު އޭނާ ވިދާޅުވީ، އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ކަމަށެވެ.
އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، އިދިކޮޅުން ވަނީ އިންޑިއާގެ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ ޕެޓިޝަނެއް ވެސް ތައްޔާރުކޮށް ސޮއި ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެ ޕެޓިޝަނުގައި ގިނަ ބަޔަކު ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ