ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައި ވާތީ މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައި ވާތީ މާދަމާ އެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، މާދަމާ އެ ކުންފުނީގެ ސިސްޓަމްތަކުގެ ޓެސްޓުތަކެއް ހަދަން ހަމަޖެހިފައި ވާކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ ހެނދުނު 7:00 އާއި 8:00 ދެމެދު ކަމަށާއި، އެ މަސައްކަތް ކުރާ ވަގުތު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ އެ ޓެސްޓުތަކަކީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ޓެސްޓުތަކެއް ކަމަށެވެ.
އެ މަސައްކަތް ކުރާއިރު ކަރަންޓު ކެނޑިދާނެ ހާލަތެއްގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ އަރިހުން މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ