މާދަމާ ކަރަންޓު ދޭނީ ޓަވަރު 7 އަދި 8 އަށް: ސްޓެލްކޯ

މާދަމާ ކަރަންޓު ދޭނީ ހިޔާ ފްލެޓުގެ 7 ވަނަ ޓަވަރާއި 8 ވަނަ ޓަވަރަށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ހިޔާ މަޝްރޫއުގެ ޓަވަރުތަކަށް ކަރަންޓު ދޭން ފަށާފައި ވަނީ އިއްޔެއެވެ. އެގޮތުން އިއްޔެ ކަރަންޓު ދިނީ 16 އަދި 15 ވަނަ ޓަވަރަށެވެ. އަދި މިއަދު ވަނީ 11 އަދި 12 ވަނަ ޓަވަރަށް ކަރަންޓު ދީފައެވެ.
ސްޓެލްކޯއިން ކޮންމެ ދުވަހަކުވެސް އެ މަސައްކަތް ކުރަނީ ހެނދުނު 9 އިން ހަވީރު 5 އަށެވެ.
އަދި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ