މަތީ ތައުލީމުގެ ފުރުސަތުތަކަށް 340 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

މަތީ ތައުލީމްގެ އެކި ފުރުސަތުތައް ފަހިކޮށްދޭން މިހާތަނަށް 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ހިލޭ ޑިގްރީ ކިޔަވައިދިނުމުގެ ޕްރޮގްރާމަށް މިހާތަނަށް 135.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ އެހީ 6،155 ދަރިވަރުންނަށް ފޯރުކޮށްދީފައިވާކަން، މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރި މައުލޫމާތުތަކުން ދައްކަ އެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، 100 ޕަސެންޓް ހިލޭ ކިޔަވައިދެނީ ހަމައެކަނި ސަރުކާރުގެ ދެ ޔުނިވާސިޓީގަ އެވެ. އަމިއްލަ ކޮލެޖުތަކުގައި ހިންގާ ކޯސްތަކުގެ ޓިއުޝަން ފީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ކަވަރު ކުރެ އެވެ. އެހެންވެ ދަރިވަރުން އަތުން ދައްކަންޖެހޭ ފީ މަދުވެގެންދާނެ އެވެ.
ދިވެހިންނަކީ ތަޢުލީމީ ގޮތުން ކުރިއަރާފައިވާ، ޤާބިލް ބަޔަކަށް ހެދުމަަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންބަޖެޓްގެ ބޮޑު އިންސައްތައެއް ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްފައި ވަނީ ވެސް މި ސަބަބަށްޓަކައި#UfalugaaKiyavamaa pic.twitter.com/8fAbO9qqed— Ministry of Higher Education (@MoHEmv) August 12, 2020
ސްޓޫޑެންޓް ލޯނާއި ސްކޮލަޝިޕްގެ އެކި ފުރުސަތުތައް ފަހިކޮށްދިނުމަށް ވެސް މިހާތަނަށް 205.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެ އެވެ. ސްޓޫޑެންޓް ލޯނު 763 ދަރިވަރަކަށާއިި 272 ދަރިވަރަކަށް ސްކޮލަޝިޕް ދީފައި ވެ އެވެ.
އެ ފުރުސަތުތަކަށް، ނޮވެމްބަރު 2018 އިން ފެށިގެން މިހާތަނަށް 341 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
"ދިވެހިންނަކީ ތައުލީމީގޮތުން ކުރިއަރާފައިވާ ގާބިލް ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން. ބަޖެޓުގެ ބޮޑު އިންސައްތައެއް ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައި ވަނީ ވެސް މި ސަބަބަށްޓަކައި،" މިނިސްޓްރީގެ ޓްވީޓުގައި ވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް، މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޭ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ މި ދަތި ހާލަތުގައި ވެސް ދިވެހިންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ