ގްރީސްގެ ކޮންސެޕްޓަށް ހުޅުމާލޭގައި މިނޫޝިއާގެ ނަމުގައި އައު ރެސްޓޯރަންޓެއް

ގްރީސްގެ ކޮންސެޕްޓަށް ހުޅުމާލޭގައި މިނޫޝިއާގެ ނަމުގައި އައު ރެސްޓޯރަންޓެއް ހުޅުވައިފިއެވެ.
މިތަނުގެ އިންޓީރިއާ ޑިޒައިންކޮށްފައިވަނީ ރެސްޓޯރަންޓަށް ޒިޔާރަތް ކުރާ ކަސްޓަމަރުންނަށް ގްރީސްގައި ހުރެވޭ ކަހަލަ އިހްސާސެއް ކުރެވޭނެފަދަ ގޮތަކަށެވެ.
މިނޫޝިއާގެ މެނޭޖަރ އަލީ މަމްދޫހް ވިދާޅުވީ، މިވަގުތު އެންމެ ޙާއްސަ ކަމެއްގެ ގޮތުގައި ރެސްޓޯރެންޓްގައި ހަވީރު ގަޑީގައި ހައިޓީ ކުރިއަށްދާނެ ކަމަށާއި ހައިޓީގެ 2 ޕެކޭޖެއް އިންނައިރު ހައި ޓީއާއިއެއްކޮށް ސައި ފްރީކޮށް ލިބޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ ސްޕެސިއަލް އެއްޗަކަށް އިންނާނީ ހައި ޓީއެއް. 2 ޕެކޭޖެއް އިންނާނެ. 175 އާއި 100 ގެ ޕެކޭޖެއް. ޝޯޓްއީޓްސް އާއި އެއްކޮށް ޓީ ލިބޭނެ ފްރީކޮށް 15:30ން 18:00ށް
~ އަލީ މަމްދޫހް
މިނޫޝިއާގެ ހައިޓީ ލިބެން ހުއްޓަސް އެތަނުން މެއިން ކޯސް ވެސް ލިބޭނެ ކަމަށް މަމްދޫހް ވިދާޅުވިއެވެ. 30 މީހުންގެ ޖާގައިގެ މި ރެސްޓޯރަންޓުން ކޯވިޑް19 ގެ ސަބަބުން އިޖްތިމާއި ގައިދުރުކަމާއިއެކު މިވަގުތު އެއްފަހަރާ ޙިދުމަތްދޭނީ 24 މީހުންނަށް ކަމަށް ވެސް މަމްދޫހް ވިދާޅުވިއެވެ.
މި ރެސްޓޯރަންޓް ހުންނާނީ ހުޅުމާލެ، ނިރޮޅުމަގު މާލެދާން ބްރިޖަށް އަރާ ސަރަހައްދުގައެވެ. މަމްދޫހް ވިދާޅުވީ، އާންމުކޮށް އެ ރެސްޓޯރަންޓަށް އަންނަ ކަސްޓަމަރުންނަށް ކުރިއަށް އޮތްތަނުގައި ލޯޔަލްޓީ ކާޑާއި ޑިސްކައުންޓް ވެސް ތައާރަފް ކުރާނެ ކަމަށެވެ.
ޑެއިލީ ކަސްޓަމަރެއްގެ ގޮތުގައި މިކޮޅަށް އަންނަ ކަސްޓަމަރުންނަށް ލޯޗަލްޓީ ކާޑެއްގެ އަޅުގަނޑުމެން ޕްރޮވައިޑްކޮށްދޭނަން. މިކޮޅަށް ޑައިނިންގ އަށް އަންނަންޏާ ވީކްލީ ވިއަސް ޑެއިލީ ވިއަސް ބަލާފައި ޑިސްކައުންޓެއްވެސް ޕްރޮވައިޑްކޮށްދޭން އަޅުގަނޑުމެން ވިސްނަން. މީތި ފަށަން އަޅުގަނޑުމެން ވިސްނަނީ 2 މަސްވަރު ފަހުން
~ އަލީ މަމްދޫހް
ގްރީސްގެ ކޮންސެޕްޓަކަށް އިންޓީރިއަރ ހަދާފައިވާ ހުންނަ މި ރެސްޓޯރެންޓުން ކުރިއަތް އޮތްތާނގައި ކަސްޓަމަރުންނަށް ތަފާތު އައިޓަމްސް ލިބިގެންދާނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ