އިންސާފު ލިބެން ހުރި ހުރިހާ ދޮރެއް އުމަރު ވަނީ ބަންދުކޮށްފައި: ރިލްވާންގެ އާއިލާ

އިންސާފު ލިބެން ހުރި ހުރިހާ ދޮރެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ބަންދުކޮށްފައި ކަމަށް ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާ އިން ބުނެފިއެވެ.
ރިލްވާންގެ އާއިލާ އިން މިހެން ބުނެފައިިމިވަނީ ރިލްވާންގެ މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށް އުމަރު މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.
އުމަރުގެ އެ ވާހަކަތަކާ ގުޅިގެން ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނީ އުމަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން ހުރީއްޔާ ހުރި ހުރިހާ ހެއްކެތް ނައްތާލާފައި ކުށްވެރިންނަށް ހިމާޔަތް ދީފައި ހުންނެވި ފަރާތެއް ކަމަށެވެ.
"ދެންވެސް އަހަރުމެންނަށް އިންސާފު ލިބެން ހުރި ހުރިހާ ބަންދުކޮށްފައި ތިހިރީ" އުމަރަށް ނިސްބަތްކޮށް ޝެހެނާޒް ބުންޏެވެ.
އުމަރަކީ ފެއިލްވެފައި ހުރި މީހެއް ކަމަށާއި ރިލްވާންގެ ވާހަކަ އުމަރު ދައްކަވަނީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށްވެސް ޝެހެނާޒް ވަނީ ތުހުމަތުކޮށްފައެވެ.
ރިލްވާން ގެއްލުނުތާ އިއްޔެ އަށް ހަ އަހަރު ވެފައިވާއިރު މި މައްސަލަ ތަހުގީގުކުރި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ ދީނީ ހަރުކަށި ޖަމާއަތުގެ ބަޔަކު ރިލްވާން ރަހީނު ކުރުމަށްފަހު ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާ ކަމަށް ބުނެފައެވެ.
ރިލްވާން ގެއްލުވާލި މައްސަލައިގައި ހާމަކަން ބޮޑު ތަހުގީގެއް ކުރުމަށް ފަހު އިންސާފު ހޯދައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ