އޮސްޓްރޭލިއާއިން ރާއްޖެއަށް 1.8 މިލިއަން ރުފިޔާގެ ޕީޕީއީ ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.
ޖުލައި މަހުގެ 28 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރ، ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ.
އަދި މިތަކެއްޗާއި ހަވާލެ ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤުއާއި ޑިފެންސް އެޑްވައިޒަރ ލޓ. ކލ. އިސްމާއިލް ނަސީރުއެވެ.
ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12 ހާސް އޯވަރއޯލް އާއި، 2 ލައްކަ އަންގިއެވެ.
މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ