ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ މައި އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާގެ ހެނދުނު 10:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލައި މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްކަމަށާއި، ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށެވެ. އެގޮތުން މިއަދާއި، މިރޭ އިތުރާއި މެދު ތެރޭގެ އަަތޮޅުތަކަށް ބޮޑަށް ވިއްސާރަ ކުރާނެކަމަށާއި، މާދަމާ އަދި އަނެއް ދުވަހު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
އެ އޮފީހުން ބުނީ، ލ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އަދި އޭގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނާއިރު، މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެއެވެ.
މެޓް އޮފީހުން ވަނީ، ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް އާްއްމުކޮށް ގަދަވާނެތީ މޫސުމަށް ސަލާމުވެގެން ދަތުރުކުރެއްމަށް އިލްތިމާސްކޮށްފައެވެ.
!ކުރިއަށް އޮތް ތިން ދުވަސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، ސަމާލުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ