ނަޝީދާމެދު ނުރަނގަޅު ގޮތެއްގައި ކަންތައް ކުރެވިފައިވެދާނެ ކަމަށް މައުމޫން އެއްބަސްވެއްޖެ

ރައީސް މައުމޫނުގެ ވެރިކަމުގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާމެދު "ނުރަނގަޅު ގޮތެއްގައި" ކަންތައްތަކެއް ކުރެވިފައި ވެދާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަމިއްލަފުޅަށް އެއްބަސްވެވަޑައިގެންފިއެވެ.
ރައީސް މައުމޫނު މިގޮތަށް އެއްބަސްވެވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދުއަށް ޖަލުގައި އަނިޔާކުރި ކަމަށް އެމްޑީޕީއާއި ނަޝީދުވެސް މީގެކުރިން ގިނަ ތުހުމަތުތަކެއް ކޮށްފައިވެއެވެ.
މިހާރު ކުނޫޒްގައި ކުރިޔަށްދާ ޖަލްސާގައި މައުމޫނު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި "އަޅުގަނޑާމެދުވެސް ނުރަނގަޅު ކަންތައްތަކެއް ކުރެވިފައިވެދާނެ" ކަމަށެވެ.
އަދި މިއީ "އަޅުގަނޑާއި ނަޝީދު"ގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ