ލަސް ނުވެ ޕީޖީ އައްޔަން ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

ލަސް ކުރުމަކާ ނުލައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ސުޕްރީމް ކޯޓުން މިރޭ އަމުރުކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ނެރުއްވި އަމުރުގައި ޕީޖީގެ މަގާމް ހުސްވެއްޖެނަމަ 30 ދުވަހުގެ ތެރޭގައި އެމަގާމަށް ބޭފުޅަކު އައްޔަން ކުރުމަކީ ކަމާބެހޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ކަމަށާއި ޕީޖީގެ މަގާމު ހުސްވެފައި އޮތުމަކީ ގާނޫނު އަސާސީގެ ތަސައްވުރެއް ނޫން ކަމަށެވެ. މިވަގުތު ޕީޖީއަކު ނެތް ނަމަވެސް ޑެޕިއުޓީ ޕީޖީއަކު ހުންނަވައިގެން، ކްރިމިނަލް މައްސަލަތައް ބެލުމުގެ އިހްތިސޯސްލިބިގެންވާ ކޯޓުތަކަށް ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ހުއްޓުމެއް ނެތި ބަލައިގަންނަން ޖެހޭނެ ކަމަށެވެ.
ހުސްކޮށް އޮތް މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ކުރިން މިހާރު ދައުވާކޮށްފައިވާ ކްރިމިނަލަށް އެއްވެސް މައްސަލައެއް އަނބުރާ ނުގެން ދަން ވެސް އުއްތަމަ ފަނޑިރުގެ އަމުރުގައި ވެއެވެ.
ޕީޖީގެ މަގާމު ހުސްވުމުން މިވަގުތު ހުންނެވީ ޑެޕިއުޓީ ޕީޖީއެކެވެ. ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައި ވަނީ ގާނޫނީ ވަކީލު މައުމޫން ހަމީދުގެ ނަމެވެ. ކުރިން އެ މަގާމުގައި ހުންނެވީ އަހުމަދު މުއިއްޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ