މޫސުން ގޯސް، ހުޅުމާލެ އަދި ވިލިމާލެ ފެރީގެ ހިދުމަތް ލަސްވެދާނެ: އެމްޓީސީސީ

މޫސުން ގޯސްވުމުގެ ސަބަބުން މާލެއިން ހުޅުމާލެއަށް އަދި ވިލިމާލެއަށް ދަތުރުކުރާ ފެރީގެ ހިދުމަތް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މާލެ އާއި ވިލިމާލެއާ ދެމެދު ދަތުރުކުރާ ފެރީ ހިދުމަތް ކޮންމެ 10 މިނެޓަކުން ކޮންމެ 15 މިނެޓަކަށް ލަސްވެދާނެ ކަމަށެވެ. އަދި މާލެ އާއި ހުޅުމާލެއަށް ދަތުރުކުރާ ފެރީ ފުރާ ގަޑި ލަސްވުން އެކަށީގެންވާ ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ.
އެމްޓީސީސީއިން އިތުރަށް ބުނީ އެ ލަސްވުންތައް އައުން އެކަށީގެންވަނީ މޫސުން ގޯސްވެ ވައިގަދަވާ ވަގުތުވާ ވަގުތުތަކުގައި އެކަނި ކަމަށާއި އެއީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީއިން މާފަށް އެދެއެވެ.
މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ ރަށްތަކަކަށް އުދައަރާ މީހުން ދިރިއުޅޭ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. އަދި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރުވެސް ވަނީ ހުދު އެލާޓް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ