ސިވިލް ކޯޓުގެ ގާޒީ ނިހާޔަތު ސަސްޕެންޑްކޮށްފި
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތުގެ މައްޗަށް ހުށަހެޅި ޝަކުވާއެއް ބަލައި ނިމެންދެން އޭނާ ވަޒީފާ އަށް ނުނިކުމެ މަޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އަންގައިފި އެވެ. ޖޭއެސްސީގެ ވެބްސައިޓުގައި ބުނެފައިވަނީ ނިހާޔަތު ވަޒީފާ އަށް ނުނިކުތުމަށް އެންގީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއާ ގުޅިގެން ތަހުގީގުކުރި އިރު ދީފައިވާ ބަޔާނާއި ޝަކުވާގެ ބާވަތަށާއި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށް ފަހު ކަމަށެވެ. އޭނާ ސަސްޕެންޑްކުރީ، މައްސަލައިގެ ތަހްގީގު ފުރިހަމަކޮށް، އެކަމުގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅައި ގާނޫނުގައިވާ ގޮތުގެ މަތިން ލިބިދެވެން ޖެހޭ ފުރުސަތުތަކަކަށް ފަހު، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަން ދެން ކަމަށް ވެސް ވެބްސައިޓުގައިވެ އެވެ. ނަމަވެސް ނިހާޔަތާ ގުޅޭ ގޮތުން ހުށަހެޅީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ނިހާޔަތު ސަސްޕެންޑްކުރީ އޭނާ ބަލަމުންދާ މައްސަލައެއްގައި ދައުވާކުރި ފަރާތުން ހާޒިރުނުވެގެން ބާތިލްކުރި ގަޒިއްޔާއެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެ އޭނާގެ މައްޗަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ