ތާޖުއްދީނާއި ހިރިޔާ ސްކޫލް ކައިރީގައި ހުރި ބިންތައް ހުސްކުރަނީ

ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގެ ހުޅަނގުން ބޮޑުތަކުރުފާނު މަގާ ދެމެދުގައި ހުރި ބިންތައް ހުސްކުރަން ހައުސިން މިނިސްޓްރީން އަންގައިިފި އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައި ބުނެފައިވަނީ ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓެއްގެ މަސައްކަތަކާ ގުޅިގެން އެ ދެ ތަން އަންނަ ހޯމަ ދުވަހުގެ ކުރިން ހުސްކުރަން ބޭނުންވާ ކަމަށެވެ. އެއީ ކޮން ޕްރޮޖެކްޓެއް ކަމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ ސަރަހައްދު އާޓިފިޝަލް ބީޗަކާ އެއްކޮށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ދީފައިވާ މުއްދަތުގެ ތެރޭގައި ނުނަގައި ހުރި އެއްޗެހި ނަގައި އެ ބިންތައް ސާފުކުރުމުގެ މަސައްކަތް ހައުސިން މިިނިސްޓްރީން އަންނަ އަންގާރަ ދުވަހު ކުރާނެ އެވެ. އެ މިނިސްޓްރީން ބުނީ އެ ސަރަހައްދުން ނުނަގައި ހުރި އެއްވެސް އެއްޗަކަށް ލިބޭ ގެއްލުމުގެ ޒިންމާއެއް ނުނަގާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ