ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އިހުތިޖާޖުކުރަން އެމްޑީޕީން ނިންމައިފި

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވައިދެއްވުމަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވުމުން އެމަނިކުފާނައި ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ މިއަދު މެންދުރު ދޭއް ޖެހިއިރު އެމްޑީޕީ ޕީޖީން ބޭއްވި ބައްދަލުވުމަށްފަހުއެވެ. ބައްދަލުވުމާއި ބެހޭ ގޮތުން މާގިނަ މައުލޫމާތުތަކެއް އެމްޑީޕީން އަދި ހިއްސާކޮށްފައެއް ނުވެއެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޖީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ މާދާމާ ވެސް އެމްޑީޕީ ޕީޖީން އިހުތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށާއި މިރޭ 9:45 ގައި އިތުރު މައުލޫމާތު ދެއްވާނެ ކަމަށެވެ.
ރައީސް ވަހީދު މަޖިލީހަށް ވަޑައިގެންނެވުމުން ރިޔާސީ ބަޔާން އިއްވިޔަ ނުދީ އިހުތިޖާޖު ކުރުމަށް ނިންމާފައިވާ އިރު އެމްޑީޕީންވަނީ މިދިޔަ އަހަރު ވެސް ރައީސް ޑރ.ވަހީދަށް ހުރަސްއަޅާފައެވެ. އެންމެފަހުން ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަވާފައިވަނީ ބާރުގެ ބޭނުންކޮށްގެން ސިފައިންނާއި އެކު ޗެމްބަރަށް ގަދަ ކަމުން ވަދެވަޑައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ