މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް މައުމޫން ފައުންޑޭޝަނުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ. އެ ފައުންޑޭޝަނުން ބުނިގޮތުގައި މި ފަހަރުގެ ސްކޮލާޝިޕްތައް ވެސް ލިބިފައިވަނީ އިންޑިޔާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުންނެވެ. އެ ފައުންޑޭޝަނުން ބުނިގޮތުގައި މިއަދު ފުރުސަތު ހުޅުވާލީ ހަތް ދާއިރާއަކުން 28 ސްކޮލާޝިޕަކަށެވެ. އެއީ، ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ހަތަރު ފުރުސަތުު، ބެޗްލާސް އޮފް ކޮމާސްގެ ހަތަރު ފުރުސަތު، ބެޗްލާ އޮފް އާޓްސްގެ އަށް ފުރުސަތު، ބެޗްލާ އޮފް ކޮމްޕިއުޓިންގެ ހަތަރު ފުރުސަތާއި ބީއެސްސީގެ އަށް ފުރުސަތަށެވެ. ތިން އަހަރު ދުވަހުގެ މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެ ފައުންޑޭޝަނުން ބުނިގޮތުގައި ކޯސްތަކަށް ދަރިވަރުން ހޮވާނީ އެކަމަށް ކުރިމަތިލާ ކުދިންނާ އިންޓަވިއުކޮށް އެކަމަށް އޮންނަ ހާއްސަ އެކަޑެމިކް ޕެނަލަކުންނެވެ. މި ކޯސްތަކަށް ހޮވޭ ދަރިވަރުން އިއުލާން ކުރާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ