އޯޓިޒަމް ހުންނަ ކުދިންގެ ހައްގުގައި އޯޓިޒަމް އެސޯސިއޭޝަނުން ކުރާ މަސައްކަތް ސަރުކާރުން ބަލައިގަންނަ ކަމަށާއި އޯޓިޒަމް އެސޯސިއޭޝަނަށް ވެދެވެން އޮތް އެހީތެރިކަމެއް ސަރުކާރުގެ ތެރެއިން ފޯރުކޮށްދެއްވާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމް އެސޯސިއޭޝަނުން މިރޭ ބޭއްވި ހާއްސަ ދުވުން ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މާފަންނު މަދަރުސާ ކައިރީގައި ބޭއްވި މިރަސްމިއްޔާތުގައި އަދި މިދުވުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިދުވުމުގެ ބައިވެެރިން ވަނީ ފަސް ކިލޯ މީޓަރަށް ދުވެފަ އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެހެން ކުދިން ފަދައިން އޯޓިޒަމް ހުންނަ ކުދިންނަކީވެސް މުޖުތަމައުގައި ތަފާތު ކުރެވޭނެ ބައެއް ނޫން ކަމަށާއި އެކުދިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކާ ގުޅިގެން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
މިނިސްޓަރު އުމަރުގެ ވާހަކަފުޅުގައި ވަނީ އޯޓިޒަމް ހުންނަ ކުދިންގެ ހައްގުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުން ހާއްސަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވެ ރައީސް ވަހީދުގެ ދެކަނބަލުންނަށް ވެސް ޝުކުރު އަދާ ކުރައްވާފަ އެވެ.
އޯޓިޒަމް އެސޯސިއޭޝަނުން މިއަހަރު ވަނީ މިރޭގެ ދުވުން ފެށުމުގެ ކުރިން ދާދި ފަހުން ކަޓަމަރާނެއްގައި ރާއްޖެ ވަށައި ބުރުޖެހި އަބްދުލް ޣަފޫރު (ގައްބެ)އަށް "އޯޓިޒަމް ރަދުން"ގެ ނަމުގައި ހާއްސަ ޝަރަފެއް އަރުވާފަ އެވެ. މި ޝަރަފް ގައްބެއަށް ހަވާލުކޮށްދެއްވާ އޯޓިޒަމް އެސޯސިއޭޝަންގެ ދިދަ ގައްބެ އާއި ހަވާލުކުރެއްވީ އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިންނެވެ.
އޯޓިޒަމް ކުދިންނަށް ސަރުކާރުން އެހީވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ