މާލީ ދާއިރާގެ މައުލޫމާތު ލިބޭ އެޕްލިކޭޝަނަކާއި ޝަކުވާ ހުށަހަޅަން ހޮޓްލައިނެއް އެމްއެމްއޭއިން ތައާރަފުކޮށްފި

ރާއްޖޭގެ މާލީ ދާއިރާއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ތަކެއް ލިބޭ މޯބައިލް އެޕްލިކޭޝަނެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކޮށްފި އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގައި މި އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ.
އެމްއެމްއޭގެ އެޕްލިކޭޝަނަށް ކިޔަނީ "ވިޔަ" އެވެ. ރޭ ތައާރަފްކުރީ މި އެޕްލިކޭޝަންގެ އެންޑްރޮއިޑް ވާޝަން އެވެ.
މި އެޕްލިކޭޝަނުން ލިބޭ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކާއި، ރާއްޖޭގެ އިންފްލޭޝަން ރޭޓާއި އަދި މާލީ ދާއިރާގެ އެހެނިހެން މައުލޫމާތު ގްރާފްތަކާއި ޗާޓްތަކުން ފަސޭހައިން ބަލާލެވޭ ގޮތް ވެސް ހަދާފައިވެ އެެވެ.
ވިޔަ އެޕްލިކޭޝަން ތައާރަފް ކުރުމުގެ އިތުރަށް އެމްއެމްއޭ އާއި ގުޅުންހުރި މާލީ މައްސަލަތަކުގައި ޝަކުވާ ހުށަހެޅުމަށް ހާއްސަ ހޮޓްލައިނެއް ވެސް ރޭ ވަނީ ތައާރަފު ކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނީ ހޮޓްލައިން ނަންބަރު 1444 ހުށަހަޅާ ޝަކުވާ ތަކުގައި ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅާ ފަރާތަށް ލިޔުމުން ޖަވާބު ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ